News

ޒާހިރު ނަސީރުގެ ހަނދާނުގައި ބާއްވާ "ކްއާތްރޯ" ވެޓްރަންސް މުބާރާތް މިއަދު ހަވީރު ފަށަނީ

17 މެއި 2019






ރާއްޖޭގެ ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއްކަމަށްވާ ނިޝާން އިއްޒައްދީން އިއްޒަތުގެ ވެރިޔާ އަލް މަރްޙޫމް މުހައްމަދު ޒާހިރު ހުސައިންގެ ހަނދާނުގައި ދިވެހި ވެޓްރަންސް ވޮލީބޯޅަ އެސޯސިއޭޝަނާއި ވޮލީބޯޅަ އެސޯސިއޭޝަން ގުޅިގެން ބާއްވާ "ކްއާތްރޯ" ވެޓްރަންސް މުބާރާތް މިއަދު ހަވީރު ފެށުމަށް ހަމަޖެހިއްޖެއެވެ.

ބީޗް ވޮލީ ކޯޓުގައި ހަތް ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މިމުބާރާތުގައި 6 ޓީމެއް ވަނީ ބައިވެރިވެފައެވެ. މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ކޮންމެ ދުވަހެއްގެ ހަވީރު 16:30 ގައި ދެމެޗް އަދި 17:05 އެއްމެޗެވެ. މިމުބާރާތުގެ ގަވާއިދު ބުނާގޮތުން މުބާރާތުގައި ބައިވެރި ވެވެނީ އަންހެން ނަމަ 35 އަހަރުން މަތި އަދި ފިރިހެން ނަމަ 45 އަހަރުން މަތީގެ ފަރާތްތަކަށެވެ.

ރާއްޖޭގެ ކުރީގެ މައްޝޫރު ވޮލީ ކުޅުންތެރިން ފެނިގެންދާ މިމުބާރާތް ކުރިޔަށް ގެންދަން މަހަޖެހިފައިވަނީ މެއި 17 އިން ފެށިގެން 24 ގެ ނިޔަލަށެވެ.

ޒާހިރު ނަސީރަކީ ސަރުކާރުގެ ގިނަ މާގާމުތައް އަދާކޮށްފައިވާ އަދި ކުޅިވަރަށް ޚާއްސަ އިސްކަމެއް ދެއްވި ބޭފުޅެކެވެ. ޒާހިރު ނަސީރު ވަނީ ގިނަ ދުވަސްތަކެއްވަންދެން އޮލިމްޕިކް ކޮމިޓީގެ އޮނަރަރީ ޕްރެޒިޑެންގެ މަގާމްވެސް އަދާކޮށްފައެވެ.

އަދި މީގެ އިތުރުން ގިނަ ދުވަސްތަކެއްވަންދެން ކުޅިވަރަށް ޚިދުމަތް ކޮށްދެއްވައިފައިވާތީ ސަރުކާރުން ވަނީ ނިޝާން އިއްޒައްދީން އިއްޒަތުގެ ވެރިޔާ ލަގަބު އަލް މަރްޙޫމް މުހައްމަދު ޒާހިރު ނަސީރަށް ދެއްވާފައެވެ.

ޒާހިރު ނަސީރު ދުނިޔޭގައި ހުންނެވިއިރު އެމަނިކުފާނުވަނީ އެންއެސްއޭ ރަމަޟާން ކަޕްގެ ނަމުގައި ކޮންމެ ރޯދަމަހަކު ބީޗްވޮލީ މުބަރާތެއް ބާއްވާފައެވެ. އެމުބާރާތަކީ ދިވެހި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް އަލްމަރުހޫމް އިބްރާހިމް ނާސިރުގެ ހަދާނުގައި ޒާހިރު ނަސީރު އަމައްލައަށް އިސްނަންގަވައިގެން ކުރިޔަށްގެންދެވި މުބާރާތެކެވެ. 

 



Leave a Comment:

Comments will be published after moderation.