News

އެފްއޭއެމްގެ ފުޓުސަލް މުބާރާތް ފަށައިފި

16 މެއި 2019






އަންހެން އަދި ފިރިހެން ހިމެނޭހެން 24 ޓީމާއި އެކު އެފްއޭއެމްގެ ފުޓްސަލް މުބާރާތް މިމަހުގެ 13 ވަނަ ދުވަހު ފަށައިފިއެވެ.

 

މި މުބާރާތުގައި 13 ވަނަ ދުވަހު ފަށާފައި ވަނީ ފިރިހެން ބައެވެ. އަންހެން ބައި ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ފިރިހެން 16 ޓީމް އަދި އަންހެން 8 ޓީމަށް ބައިވެރި ވެވޭގޮތަށް ހުޅުވާލި މިމުބާރާތުގައި ބައިވެރިވެފައިވަނީ އަންހެން 4 ޓީމާއި ފިރިހެން 20 ޓީމެވެ.

މިއަދުގެ މެޗްތައް ކުޅެން ހަމަޖެހިފައިވަނީ ހަވީރު 5 ޖަހާއިރު 2 މެޗް އަދި ރޭގަނޑު 10 ޖަހާއިރު އެއް މެޗް، 11 ޖަހާއިރު އަނެއް މެޗެވެ. އަންހެން މެޗްތައް 18 ވަނަ ދުވަހު ފަށާއިރު ހުރިހާ މެޗެއްވެސް ކުޅޭނީ ރޭގަނޑު އެވެ. އަންހެން މެޗްތަށް ކުޅޭނީ 10 ޖަހާއިރު އެއް މެޗް 11 ޖަހާއިރު އެއްމެޗެވެ.

ކުރިއާ ޚިލާފަށް އެފްއޭއެމް އިން ދަނީ ފުޓްސަލް ކުރިއެރުވުމަށް ފަހަކަށް އައިސް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 50 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށައަޅާފައިވާއިރު ރަނަރަޕް ޓީމަށް 25 ހާސް ރުފިޔާގެ އިނާމެއް ވަނީ ހުށައަޅާފައެވެ. އެފްއޭއެމް އިން ވަނީ މީގެ 2 އަހަރު ކުރިން އަންހެން ކުޅުންތެރިންނަށް އަމާޒުކޮށް ފުޓްސަލް މުބާރާތެއް ބާވާފައެވެ.

 

 



Leave a Comment:

Comments will be published after moderation.