News
ގްރީން ސްޓްރީޓް ޔޫތް ޓީމުގެ ޓްރަލްތައް އާދިއްތަ ދުވަހު ފަށަނީ
5 ޖެނުއަރީ 2019
ކްލަބް ގްރީން ސްޓްރީޓް އިން އަންނަ ފެބުރުއަރީ މަހު ފަށަން ހަމަޖެހިފައިވާ މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ޓީމެއް އެކުލަވާލުމަށް ބާއްވާ ޓްރަލް ފަރިތަކުރުންތައް އާދިއްތަ ދުވަހު ފަށާގޮތަށް ނިންމައިފިއެވެ.
ގްރީން ސްޓްރީޓް ފޭސްބުކް ޕޭޖްގައި ކޮށްފައިވާ އިއުލާންގައި ވާގޮތުން ޖަނަވަރީ 6 ވާ އާދިއްތަ ދުވަހުންފެށިގެން، ޖަނަވަރީ 10 ވަނަ ދުވަހާއި ހަމައަށް ޓްރަލް ފަރިތަކުރުންތައް ކުރިއަށް ދާނެއެވެ. ފަސް ދުވަހުގެ މުއްދަތައް ކުރިއަށްގެންދަން ހަމަޖެހިފައިމިވާ ޓްރަލްތައް ކުރިއަށްދާނީ އެފް.އޭ.އެމް ޓާރފް ދަނޑުގައެވެ. މިޓްރަލްއަކީ މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕުގައި ކްލަބް ގްރީން ސްޓްރީޓްގެ ފަރާތުން ބައިވެރިވާ ޓީމުގައި ހިމެނޭ ކުޅުންތެރިން ހޮވުމަށްބާއްވާ ޓްރަލްތަކެކެވެ.
ކްލަބް ގްރީން ސްޓްރީޓަކީ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މިދިޔަ އަހަރު ގްރީން ސްޓްރީޓުން މުޅިން އަލަށް ޔޫޓް ޗެމްޕިއަންޝިޕަށް ނިކުމެ ތަށި ކާމިޔާބުކުރީ ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު، ކްލަބް އީގަލްސްގެ މައްޗަށް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.
މުބާރާތައް ތައްޔާރުވުމުގެ ގޮތުން ތިންވަނަ އަށް ފަރިތަކުރުންތައް ފަށާ ޓީމަކަށްވާނީ ގްރީން ސްޓްރީޓެވެ. ކްލަބް އީގަލްސް އަދި މުޅިން އަލަށް ޔޫތް މުބާރާތަށް ނިކުންނަ، ފޯކައިދޫ އިންވެސް ފަރިތަކުރުންތައް މިހާރު ފަށާފައެވެ.
މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.
އެފް.އޭ.އެމް އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް ކްލަބް ގްރީން ސްޓްރީޓްސް