News

ގްރީން  ސްޓްރީޓްގެ ފުރަތަމަ ޓާގެޓަކީ ލީގު ކާމިޔާބު ކުރުން: ސުޒެއިން

12 މެއި 2019






ގްރީން ސްޓްރީޓްގެ މިއަހަރު ސީޒަންގެ ފުރަތަމަ ޓާގެޓަކީ ލީގް ކާމިޔާބު ކުރުންކަމަށް އެޓީމުގެ ކޯޗް އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.

ބޯޅަ އެމްވީ އަށްދެއްވި ޚާއްސަ އިންޓަރވިޔުއެއްގައި ސުޒެއިން ވިދާޅުވީ ގްރީން ސްޓްރީޓްގެ އަމާޒަކީ މިއަހަރުގެ ލީގު ކާމިޔާބު ކުރުމުގެ އިތުރުން ކުރިޔަށް ހުރި މުބާރާތްތަކުގައިވިވެސް ރަގަޅު ކާމިޔާބީއެއް ހޯދުންކަމަށެވެ. 

"ފުރަތަމަ ޓާގެޓަކީ ލީގު ކާމިޔާބު ކުރުން. ދެންހަމަ އޭގެ އިތުރުން ސީޒަންތެރޭގައި އެދާގޮތަކުން އިތުރު ޓާގެޓްތައް ހެދޭނީ" ސުޒެއިން ވިދާޅުވިއެވެ.

ސުޒެއިން ވިދާޅުވީ ރާއްޖޭގެ ނަން މައްޝޫރު ގިނަ ކުޅުންތެރިން ގްރީން ސްޓްރީޓްގައި އެބަތިބި ކަމަށާއި އެހެންކަމުން ލީގުހޯދުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. އަދި މިހާރު އޮތް ސްކޮޑާއި ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭކަމަށް ސުޒެއިން ވިދާޅުވިއެވެ.

ގްރީން ސްޓްރީޓުން ޖެހިލުންވާ އެއްވެސް ޓީމެއް އެބައޮތްތޯ ސުވާލު ކުރުމުން ސްޒެއިން ވިދާޅުވީ ފުރަތަމަ ޑިވިޝަންގައި ކުޅޭ ކޮންމެ ޓީމަކީވެސް ރަނގަޅު ޓީމެއް ކަމަށާއި އެހެން ނަމަވެސް ރަގަޅަށް ނުކުޅެވޭ ޓީމް މެޗްގެ ނަތީޖާއަށް އަސަރު ކުރާނެ ބައިވަރު ކަންކަން ކުރާނެކަމަށާއި އެހެންކަމުން އެއްވެސް މެޗެއް ފަސޭހަ ނުވާނެކަމަށެވެ. އެހެން ކަމުން ގްރީން ނިކުންނާނީ މިހުރިހާކަމަކަށްވެސް ތައްޔާރުވެގެންކަމަށް ސުޒެއިން ވިދާޅުވިއެވެ.

" ކޮންމެ ޓީމަކީވެސް ރަގަޅުޓީމެއް. މިހާރު ރަނގަޅަށް ނުކުޅެވޭޓީމް ވެއްޓިގަނެގެން ވަގުތު ނަގާލައިގެން ވެސް ކޮންމެވެސް ކަންތައްތަކެއް ކުރާނެ. އެހެންކަމުން މެޗްގެ ނަތީޖާއަށް އަސަރު ކުރާވަރު ކަންތައްތަކެއް، ޓެކްޓީކްސް ކަމަށް ބައެއް މީހުން ބުނަނީ، ދަނޑުގަ އޮށޯވެލާ މެޗްލަސްކުރުން އެއީ. އެހެންވީމަ އެކަހަލަ ޓެކްޓީސްތަކާއި އެކުވެސް ނިކުންނާނެ. އެންވީމަ ފަސޭހަ އެއް ނުވާނެ. ނަމަވެސް ރަނގަޅަށް މަސައްކަތް ކޮށްލެވިއްޖެއްޔާ ކާމިޔާބު ވާނެ" ސުޒެއިން ވިދާޅުވިއެވެ.

ގްރީން ސްޓްރީޓުން ވަނީ މިއަހަރު އެޓީމަށް ރާއްޖޭގެ އެންމެ މޮޅު އަދި ތަޖްރިބާކާރު ގިނަ ކުޅުންތެރިން ގެންގޮސްފައެވެ. ގްރީން ސްޓްރީޓްގެ މިއަހަރުގެ ޓީމަށް ބަލާއިރު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގޭ) ގެ އިތުރުން މުހައްމަދު އުމައިރު އާއި ރިލްވާން ވަހީދު(ރިލޭ) އަދި މުހައްމަދު އާރިފް (ބަކާ) ހިމެނެއެވެ.

DPL2019-20 ކްލަބް ގްރީން ސްޓްރީޓްސް

Leave a Comment:

Comments will be published after moderation.