News

އީދު 3 ވަނަ ދުވަހު ފުޓުބޯޅަ ސީޒަން ފަށަނީ.

11 މެއި 2019






މިއަހަރުގެ ފުޓުބޯޅަ ސީޒަން އަންނަ މަހުގެ 7 ވަނަ ދުވަހު ފަށާގޮތަށް އެފްއޭއެމް އިން ނިންމައިފިއެވެ.

 

މިއަހަރުގެ ސީޒަން ހުޅުވާ މެޗްގައި ބައްދަލުކުރާނީ މިދިޔަ ސީޒަންގެ ޕްރިމިޔަރ ލީގްގެ ޗެންޕިއަން ޓީސީ ސްޕޯޓްސް އާއި މިނިވަން ޗެމްޕިއަންޝިޕްގެ ރަނަރަޕް ފޯކައިދޫ އެފްސީއެވެ.

ފޯކައިދޫއަށް މިފުރުސަތު ލިބުނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަންޓީމް ތިމަރަފުށީ އެފްސީ އިން އެފުރުސަތު ދޫކޮށްލުމުންނެވެ.

މި މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ފޯކައިދޫ ފުޓުބޯޅަ ދަނޑުގައެވެ. ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މެޗް އަކަށްވާތީ ފޯކައިދޫގެ އިތުރުން މާލޭގައިވެސް އެއް މެޗް މި ދެޓީމު ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ.

 މި ސީޒަނަށް ތައްޔާރުވުމަށް ދެޓީމުވެސް ވަނީ ފަރިތަކުރުންތައް ފަށާފައެވެ. ނަމަވެސް އަދި ދެޓީމުގެ ފައިނަލް ސްކޮޑް އިއުލާނެއް ނުކުރެއެވެ. އަދި ދެޓީމުގެވެސް ބިދޭސީ ކުޅުންތެރިން ފަރިތަކުރުން ތަކުގައި ބައިވެރި ނުވާކަން ފާހަގަ ކޮއްލެވެއެވެ.

ޓީސީ ވަނީ ފުޓުބޯޅައަށް ތައާރަފް ވުމަށްފަހު ކުރު މުއްދަތެއްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.  މި ސީޒަނުގައި ޓީސީގެ ކޯޗަކީ މުހައްމަދު އާތިފް(އާތި) އެވެ. ފޯކައިދޫއަށް ބަލާލާއިރު ފޯކައިދޫއިން ވަނީ މިދިޔަ ސީޒަނުގައި ބޮޑެތި ކްލަބްތަކަށް ރަނގަރު ފައިޓެއްދީފައެވެ. ފޯކައިދޫގެ ކޯޗަކީ މިދިޔަ ސީޒަނުގައިވެސް އެޓީމަށް އިރުޝާދު ދިން ކޯޗް އަލީ ނިސްތާރު މުހައްމަދެވެ.



Leave a Comment:

Comments will be published after moderation.