News

އީގަސްގެ ފަރިތަކުރުންތައް ފަށައިފި

9 މެއި 2019






18 ކުޅުންތެރިންގެ ސްކޮޑަކާއި އެކު އީގަސްގެ ފަރިތަކުރުންތައް އެފްއޭއެމްގެ ޓާފް ދަނޑުގައި  ރޭފަށައިފިއެވެ.

މިއަހަރުވެސް އީގަލްސްގެ ހެޑްކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ރާއްޖޭގަ ފާހަގަ ކޮށްލެވޭ މޮޅު ކޯޗުންގެ ތެރޭގައި ގުނާލެވޭ ކޯޗެއްކަމަށްވާ މުހައްމަދު ޝޔާޒް (މޯހަން) އެވެ.

އީގަލްސް އަށް މިދިޔަ ސީޒަންގައި ކުޅުނު އެންމެ މުޙިއްމު ކުޅުންތެރިޔާ އަލީ އާރިފް (ބަކާ) ވަނީ އީގަލްސް ދޫކޮށް ގްރީންސްޓްރީޓާއި ކުޅިފައެވެ. މިސީޒަނަށް އީގަލްސް ފަރިތަކުރުންތައް ފެށިއިރު އީގަލްސްގެ ޒުވާންޓީމުން ފެނިގެންދިޔަ ގިނަ ކުޅުންތެރިން ވަނީ ސީނިޔާ ޓީމަށް ނަގާފައެވެ.

އީގަލްސް ބޮޑަށް ފާހަގަ ވެގެން ގޮސްފައިވަނީ ޒުވާން ކުޅުންތެރިންނަށް ފުރަތަމަ ޑިވިޝަނުން ޗާންސްދޭ ޓީމެއްގެ ގޮތުގައެވެ. ރޭ ފަރިތަކުރުން ފަށާފައިވާއިރު ބިދޭސީ އެއްވެސް ކުޅުންތެރިއެއް އަދި ނެތެވެ.

ނަމަވެސް ބޭރު 2 ކުޅުންތެރިންވަރު ޓީގައި ހިމަނާނެކަމަށް އީގަލްސްއިން ވަނީ ބުނެފައެވެ.

DPL2019-20 ކްލަބް އީގަލްސް

Leave a Comment:

Comments will be published after moderation.