News

ޔޫވީގެ ގޯލްކީޕަރ ޓްރެއިނަރަކަށް ޑަކޭ

9 މެއި 2019






ކުރީގެ ނިއުރޭޑިއަންޓްގެ ގޯލްކީޕަރ ޓްރެއިނަރ އަދި ގައުމީ އަންހެންޓީމުގެ ޓެއިނަރެއްގެ ގޮތުގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ޙަސަން ހަމީދު (ޑަކޭ) ޔުނައިޓެޑް ވިކްޓްރީ(ޔޫވީ)ގެ ގޯލްކީޕަރ ޓްރެއިނަރަކަށް ހަމަޖައްސައިފިއެވެ. 

ޑަކޭ ވަނީ ޔުނައިޓެޑް ވިކްޓްރީގެ ފަރިތަކުރުންތަކުގައި ރޭ ބައިވެރިވެފައެވެ. ބޯޅައެމވީއަށް މައުލޫމާތުދެމުން ޑަކޭ ބުނީ ޔޫވީ އާ ގުޅުނީ ނިއުރޭޑިއަންޓް ސަސްޕެންޝަންގައި އޮތުމާއިއެކު ނިއު އާއި އެކު ހަދާފައިވާ އެގްރީމަންޓް ހަމަވެފައި އޮތުމާއި އެކު ރަގަޅު އޮފާއެއް ވެސް ލިބުމުން ކަމަށެވެ.

" ކުރިން ހުރީ ނިއުގަ. ނިއު މިހާރު ސަސްޕެންޝަންގަ އެއޮތީ. އެހެންވެ ރަގަޅު އޮފާއެއް ލިބުނީމަ ގަބޫލު ކުރީ" ޑަކޭ ބުންޏެވެ.

ނިއުރޭޑިއަންޓުން ހޯދާފައިވާ ގިނަ ކާމިޔާބީގެ ފަހަތުގައި ޑަކޭގެ ހިއްސާވެސް ވަރަށް ބޮޑެވެ. ނިއުރޭޑިއަންޓް އަކީ ރާއްޖޭގެ އެންމެ ކާމިޔާބު އެއްކުލަބެވެ. އެފްއޭއެމް އިން ނިއުރޭޑިއަންޓް ސަސްޕެންޑް ކޮށްފައިވަނީ އެޓީމަށް ދިމާވި މާލީ މައްސަލަތަކާއި ގުޅިގެން ބައެއް ކުޅުންތެރިންނަށް މުސާރަ ނުދެވި ޖެހުނު މައްސަލަތަކެއްގެ ސަބަބުންނެވެ.

ޑަކޭ ޔޫވީ އަށް ސޮއިކޮށްފައިވަނީ އެއްއަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައެވެ. ޑަކޭ އަކީ ބޮޑު ފުޓުބޯޅައިގެ އިތުރުން ފުޓްސަލް ޓީމްތަކަށްވެސް އިރުޝާދު ދެމުން އަންނަ ކުޅަދާނަ ކޯޗެކެވެ.

DPL2019-20 United Victory

Leave a Comment:

Comments will be published after moderation.