News
ބަކާ ގްރީންސްޓްރީޓަށް ސޮއިކޮށްފި
8 މެއި 2019
ނިމިދިޔަ ސީޒަންގަ ކްލަބް އީގަލްސް އިން ފެނިގެންދިޔަ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަންނަ ސީޒަނުގައި ކްލަބް ގްރީންސްޓްރީޓްސް އަށް ކުޅެން ސޮއިކޮށްފި އެވެ.
ބޯޅަ އެމްވީއަށް މައުލޫމާތު ދެމުން ބަކާ ބުނީ ގްރީން ސްޓްރީޓަށް ދާން އޭނާ ނިންމީ އެޓީމުން ހުށަހެޅި އޮފާ ރަގަޅުވެފައި، ވަރުގަދަ ސްކޮޑެއް އެތުމުންކަމަށެވެ. އަދި ހެޑް ކޯޗެއްގެ ގޮތުގައިސުޒެއިން އެޓީމުގައި ހުރުމަކީވެސް އެޓީމަށް ދާން ނިންމި އެއް ސަބަބުކަމަށް ބަކާ ބުންޏެވެ.
" ގްރީން ސްޓްރީޓަށްދާން ނިންމީ އެމީހުންގެ އޮފާ ރަގަޅުވެފައި ވަަރުގަދަ ސްކޮޑެއް އޮތުމުން. އަދި ސުޒެއިން ކޯޗް ވެސް ހުރުމާއެކު ދާން ނިންމީ" ބަކާ ބުންޏެވެ.
ގްރީން ސްޓްރީޓުން ވަނީ މިސީޒަނަށް ތަޖްރިބާކާރު ގިނަ ކުޅުންތެރިންތަކެއް އެޓީމަށް ގެނެސްފައެވެ. ރާއްޖޭގެ އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންރެރިޔާ އަލީ އަޝްފާގް (ދަގޭ)ގެ އިތުރުން މުހައްމަދު އުމެއިރު އަދި އަސްހަދު އަލީ (އަޑުބަރޭ) ހިމެނެއެވެ. އަލަށް ގެނައި ކުޅުންތެރިންނާއި އެކު ގްރީންސްޓްރީޓުން ވަނީ ފަރިތަކުރުންތައް މިދިޔަ ހަފްތާގަ ފަށާފައެވެ.
ބަކާ އަކީ ރާއްޖޭގަ އުފެދުނު މަދު މިޑްފީލްޑަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ. ބަކާވަނީ ރާއްޖޭގެ އިތުރުން މިޔަންމާގެ ލީގްގަވެސް ކުޅެފައެވެ. ބަކާއަކީ ސާފް ޗެންޕިއަންޝީޕް ރާއްޖޭގެ ޓީމް ނެގި ދެޓީމުގައިވެސް ހިމެނިފައެވެ.
އީގަލްސްގެ އިތުރުން ބަކާ ވަނީ ރާއްޖޭގެ މައްޝޫރު ގިނަ ކްލަބް ތަކަށް ކުޅެފައެވެ.
ކްލަބް ގްރީން ސްޓްރީޓްސް