News

ޔޫތް މުބާރާތައް އަލަށް ނިކުންނަ ފޯކައިދޫއިން ފަރިތަކުރުންތައް ފަށައިފި

5 ޖެނުއަރީ 2019






ފެބުރުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ކޮންމެ އަހަރަކުވެސް ޒުވާން ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ ޔޫތް ޗެމްޕިއަންޝިޕް  ތައްޔާރުވުމުގެ ގޮތުން ފޯކައިދޫ ފުޓްބޯޅަ ކްލަބުން ފަރިތަކުރުންތައްފަށައިފިއެވެ. މިއީ ފޯކައިދޫ އިން ޔޫތް މުބާރާތެއްގައި މުޅިން އަލަށް ބައިވެރިވާ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ފޯކައިދޫއިން މުބާރާތަށް ފަރިތަކުރުންތައް ފަށާފައިމިވަނީ ޓީމު އެކުލަވާލުމަށްޓަކައި ވަނީ ޓްރަޔަލް ފަރިތަކުރުންތަކަށް ސޯސަލް މީޑިއާ މެދުވެރިކޮށް އިއުލާންކޮންގެންނެވެ. އަދި މިޓްރަޔަލްތަކަކީ 4 ދުވަހަށް ކުރިއަށްގެންދާ ޓްރަޔަލްތަކެކެވެ. ފޯކައިދޫ ވެގެންދާނީ މުބާރާތައް ތައްޔާރުވުމަށް ފަރިތަކުރުންތައް ފެށި ދެވަނަ ޓީމަށެވެ. ފޯކައިދޫގެ އިތުރުން ކްލަބް އީގަލްސްއިންވެސް ވަނީ މިހާރު މުބާރާތަށް ތައްޔާރުވުމަށް ފަރިތަކުރުންތައްފަށާފައެވެ.

ފޯކައިދޫ ޓީމުން ފަރިތަކުރުންތައް ފަށާފައިމިވަނީ މުބާރާތުގައި ޓީމަށް އިރުޝާދު ދޭނެކަމަށް ބެލެވޭ ކޯޗް އަޙުމަދު ހުޝާމް (ޗިން) ގެ ބެލުމުގެދަށުންނެވެ. ކޯޗް ހުޝާމް އަކީ ނިމިދިޔަ ފުޓްބޯޅަ ސީޒަންގެ ޕްރިމިއަރ ލީގްގައި ފޯކައިދޫ ޓީމްގައި ކޯޗް އަލީ ނިސްތާރުގެ އެސިސްޓެންޓް ކޯޗެވެ.

މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަންއަކީ ކްލަބް ގްރީން ސްޓްރީޓެވެ. މިދިޔަ އަހަރު ގްރީން ސްޓްރީޓުން މުޅިން އަލަށް ޔޫޓް ޗެމްޕިއަންޝިޕަށް ނިކުމެ ތަށި ކާމިޔާބުކުރީ ޔޫތް ޗެމްޕިއަންޝިޕްގެ އެންމެ ކާމިޔާބު ޓީމު، ކްލަބް އީގަލްސްގެ މައްޗަށް ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ކުރި ހޯދައިގެންނެވެ.

މިއަހަރުގެ އެފް.އޭ.އެމް ގެ ޔޫތް ޗެމްޕިއަންޝިޕް ފަށަން ހަމަޖެހިފައިވަނީ އަންނަ ފެބުރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ.

އެފް.އޭ.އެމް އެފް.އޭމް.އެމް 21 އަހަރުން ދަށުގެ ޔޫތް ޗެޕްޕިއަންޝިޕް ފޯކައިދޫ ފުޓްބޯޅަ ކްލަބް

Leave a Comment:

Comments will be published after moderation.