News

މުސްތަފާ ސެޑެކް ފޯކައިދޫ ޓީމަށް އަންނަން އެއްބަސް ވެއްޖެ.

6 މެއި 2019






އީގަލްސް އަދި ވިކްޓްރީ ސްޕޯޓްސްއަށް މީގެ ކުރިން ކުޅެފައިވާ މިސްރަށް އުފަން މުސްތަފާ ސެޑިކް މިސީޒަނުގަ ފޯކައިދޫ އެފްސީ އަށް ކުޅެން ނިންމައިފިއެވެ.

 

2016 ވަނަ އަހަރު އީގަލްސް އަށް ކުޅުމަށްފަހު 2017 ވަނަ އަހަރު ދެން ފެނިގެން ދިޔައީ ވިކްޓްރީ ސްޕޯޓްސް ކްލަބުންނެވެ. މުސްތަފާ އަކީ އަވަސް ކުޅުމެއް ކުޅޭ ގޯލާއި ރައްޓެހި ކުޅުންތެރިއެކެވެ. ރާއްޖޭގެ ޓީމްތަކުން ފެނުނު ބިދޭސީ ކުޅުންތެރިންގެ ތެރެއިން މުސްތަފާއަކީ ފާހަގަ ކޮށްލެވޭ މޮޅު ކުޅުންތެރިއެކެވެ.

ފޯކައިދޫގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު ރިމާޒް ބޯޅަ އެމްވީ އަށް ދެއްވި އިންޓަވިޔު އެއްގައި ވިދާޅުވީ މިހާރު ކުރިޔަށްދަނީ މުސްތަފާ ގެންނަން ކުރަންޖެހޭ އިދާރީ މަސައްކަތްކަމަށާއި، އެމަސައްކަތް ނިމުނުހާ އަވަހަށް މުސްތަފާ ރާއްޖެ އައިސް ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާނެކަމަށެވެ.

ރިމާޒް ވިދާޅުވީ ޓީމް ވަރުގަދަ ކުރުމަށްޓަކައި ކުރިޔަށް އޮތް ހަފާތެރޭގައިވެސް ޓްރަޔަލް ކުރިޔަށްދާނެކަމަށާއި ޓީމް ފައިނަލްކޮށް ނިމޭވަރުވާނީ އެންހަފްތާވަރު ފަހުންކަމަށެވެ. ޓީމާގުޅެން ބޭނުންވާ ކުޅުންތެރިންނަށް އަދިވެސް އެފުރުސަތު ހުޅުވާލެވިފައިވާކަމަށް ރިމާޒް ވިދާޅުވިއެވެ.

ފޯކައިދޫވަނީ ނިމިދިޔަ ސީޒަންގައި ބޮޑެތި ޓީމްތަކަށް ރަގަޅު ފައިޓެއްދީފައެވެ. ނިމިދިޔަ ސީޒަނަށް ވުރެ މިސީޒަން ރަގަޅު ކުރުމަށްޓަކައި ފޯކައިދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ.

DPL2019-20 Foakaidhoo Sports Club

Leave a Comment:

Comments will be published after moderation.