News
ފުވައްމުލަކުގައި އޭ.އެފް.ސީ އަދި އެފް.އޭ.އެމް ސީ ސެޓްފިކެޓް ކޯޗިން ކޯސް ފަށައިފި
2 އޭޕްރިލް 2019
ފުވައްމުލަކުގައި އެފް.އޭ.އެމްގެ ސީ ސެޓްފިކެޓް ކޯޗިން ކޯސް ފަށައިގެން ކުރިއަށް އެބަދެއެވެ.
މިމަހުގެ 1ން 16ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމަކީ މިއަހަރު ބޭއްވޭ މިފަދަ އެތައް ޕްރޮގްރާމްތަކުގެ ތެރެއިން އެންމެ ފަހުން ފެށުނު ޕްރޮގްރާމެވެ. އެފް.އޭ.އެމްގެ ގްރާސްރޫޓްސް ޕްރޮގްރާމާ ހަވާލުވެ ހުންނަވާ އަހްމަދު ޝަރީފް (ޑުންގާ) އިސްކޮށް އިރުޝާދު ދެއްވާ މި ކޯހުގައި 20 ފިރހެން ބައިވެރިންގެ އިތުރުން 3 އަންހެން ބައިވެރިން ހިމެނެއެވެ.
ދާދިފަހުން އެފް.އޭ.އެމްއިން ވަނީ އައްޑޫގެ އިތުރުން ފެލިވަރުގައިވެސް ކޯޗިން ޗޯހެއް ހިންގާފައެވެ.
މިއީ މިއަހަރު ހިންގޭ މިފަދަ އެތައް ހަރަކާތެއްގެ ތެރެއިން އެއް ހަރަކާތެވެ. މިއަހަރުގެ ހަތަރުވަނަ މަސް ފެށިފައިވާއިރު، އެފް.އޭ.އެމްއިންވަނީ ވޭތުވެދިޔަ ދެމަހުގައި އެކަނިވެސް ކޯޗިންގެ އެތައް ޕްރޮގްރާމެއް ހިންގާފައެވެ. އެގޮތުން އޭ.އެފް.ސީގެ އިންސްޓްރަކްޓަރުންވެސް މިކޯސްތަކުގައި އިރުޝާދު ދީފައިވާކަން ފާހަގަ ކޮށްލެވެއެވެ. މިއަހަރަކީ ފުޓުބޯޅަ ދިވެހިންގެތެރޭގައި ދިރުވުމަށް މުޅިން އައު އަޒުމަކާއެކު އެފް.އޭ.އެމްއިން މަސައްކަތްފަށާފައިވާ އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ފުޓްބޯޅަ ހަބްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްރަށުގައި ފުޓްބޯލް ޑިވެލޮޕްމެންޓް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މިއީ ފުޓުބޯޅައިގެ ތެރޭގައި ދިވެހި ޒުވާނުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން އަދި ދިވެހިންގެ ހިތްތަކުގައި ކުރިން ފުޓުބޯޅައަށް އޮތް ލޯބި އަލުން އާލާ ކުރުމަށް އެޅޭ ރަނގަޅު ފިޔަވަޅުތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.
ފޮޓޯ: ފޭސްބުކް/އެފް.އޭ.އެމް
Coach Education Coaching-News FAM Towards Future